އިންޑޮނޭޝިޔާ
From Wikipedia, the free encyclopedia
އިންޑޮނޭޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާ އާއި އޯޝަނިޔާ ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ. އިންޑޮނޭޝިޔާ އެކުލެވިގެންވަނީ 17508 ރަށެއްގެ މައްޗަށެވެ. އިންޑޮނޭޝިޔާގެ އާބާދީއަކީ 237 މިލިޔަނެވެ. އެހެން ކަމުން އެ ޤައުމަކީ އާބާދީގެ ގޮތުން ބަލާއިރު ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އަދި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމު ވެސް މެއެވެ. އިންޑޮނޭޝިޔާއަކީ ޖުމްހޫރީ ވެރިކަމެއް އޮންނަ ޤައުމެކެވެ. އިންޑޮނޭޝިޔާ އަކީ ޕަޕުއާނިއުގިނީ އާއި އީސްޓް ޓިމޯރު އާއި މެލޭޝިޔާ އާ ސީމާވެފައިވާ ޤައުމެކެވެ. އިންޑޮނޭޝިޔާ އާއި އަވަށްޓެރި އެހެން ޤައުމުތަކުގެ ތެރޭގައި ސިންގަޕޫރާއި، ފިލިޕީންސާއި، އޮސްޓްރޭލިޔާ އާއި އިންޑިޔާގެ އަންޒަމާނާއި ނައްކަވާރު ޖަޒީރާއެވެ. ހަތްވަނަ ޤަރުނުގެ ތެރޭގައި އިންޑޮނޭޝިޔާވެފައިވަނީ ވިޔަފާރީގެ ގޮތުން ބަލާއިރު ވަރަށް މުހިއްމު ސަރަޙައްދަކަށެވެ. އެއީ ސިރީވިޖެޔާގެ ރަސްކަމުގެ ޒަމާނެވެ. އިންޑިޔާއަކީ ޤަދީމީ ޒަމާނުގެ އިންޑޮނޭޝިޔާގެ ވެރިންނާ ވަރަށް ބޮޑަށް ގުޅުން ޤާއިމުވެފައި އޮތް ޤައުމެއްކަމުން، އިންޑޮނޭޝިޔާގެ އޭރުގެ ވެރީންވަނީ އިންޑިޔާގެ ދީންތަކަށް ވަރަށް ބޮޑަށް ލެނބިވަޑައިގެންފައެވެ. އިންޑޮނޭޝިޔާއަށް އިސްލާމްދީން އައިސްފައިވަނީ މުސްލިމު ވިޔަފާރިވެރިންގެ ފަރާތުންނެވެ. އިންޑޮނޭޝިޔާއަކީ އެތައް ނަސްލެއްގެ މީހުން ދިރިއުޅެމުންދާ ޤައުމެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން އެ ނަސްލަކަށް ނިސްބަތްވާ ނަސްލަކީ ޖާވާނީ ނަސްލެވެ. އިންޑޮނޭޝިޔާގެ މޮޓޯއަކީ “ބިހންނެކަ ތުން÷ަލް އިކަ” އެވެ. މީގެ މާނައަކީ “ގިނަ އެހެނަސް އެއް” ބައެއް ދިރިއުޅޭ ޤައުމެވެ. އިންޑޮނޭޝިއާ އަކީ ނެތިދިއުމުގެ ނުރައްކާ އޮތް 100 އަށް ވުރެ ގިނަ ޖަނަވާރު ދިރިއުޅޭ ގައުމެކެވެ.
| ||||||||
މޮޓޯ: "ބިނެކާ ތުންގަލް އިކާ" (ބޯދާ ޖާވީ) "ތަފާތުތަކާއެކު އެއްބައިވަންތަކަން" ޤައުމީ ވިސްނުން: ޕެންކޭސިލާ[1] | ||||||||
ޤައުމީ ސަލާމް: އިންޑޮނޭޝިޔާ ރާޔާ | ||||||||
ވެރިރަށް | ޖަކާޓާ | |||||||
އެންމެ ބޮޑު ޝަހަރު | ވެރިރަށް | |||||||
ރަސްމީ ބަސް (ތައް) | އިންޑޮނޭޝީ ބަސް | |||||||
ސަރުކާރު ރައީސް ނާއިބް ރައީސް |
ރިޔާސީ ޖުމްހޫރިއްޔާ ސުސީލޯ ބަންބަންގ ޔުދޮޔޯނޯ މުޙައްމަދު ޖޫސުފު ކާލާ | |||||||
މިނިވަންކަން - ޢިއުލާންކުރީ - ބަލައިގަތީ |
ހޮލެންޑުގެ ކިބައިން އޮގަސްޓު 17، 1945 ޑިސެމްބަރު 27، 1949 | |||||||
އަކަމިން • ޖުމްލަ • ފެން (%) |
1,919,440 އކކމ (16ވަނަ) 4.85 | |||||||
އާބާދީ • 2005 އަންދާސީ. • 2000 ބޯހިމެނުން • އަކަބުރަ |
222,781,000 (4ވަނަ) 206,264,595 އކކމ/134(84ވަނަ) | |||||||
ޖީ.ޑީ.ޕީ (ޕީ.ޕީ.ޕީ) • ޖުމްލަ • ޕަރ ކެޕިޓާ |
2005 އަންދާސީ US$960 ބިލިޔަން US$364 ބިލިޔަން (ނޮމިނަލް) (-) $4,458 (110ވަނަ) | |||||||
އ.ތ.ފ (2004) | 0.711 (108ވަނަ) – މެދުމިން | |||||||
ފައިސާ | ރުޕިއާ (IDR ) | |||||||
ވަގުތު ޒޯން • ހޫނު މޫސުމް (ދ.ރ.ވ) |
ތަފާތު (ވ.ބ.ގ+7 އިން +9) ބެލިފައެއްނުވޭ (ވ.ބ.ގ) | |||||||
އިންޓަނެޓް މ.ދ.އ | .id | |||||||
ފޯން ކޯޑު | +62 | |||||||