From Wikipedia, the free encyclopedia
ރިޕަބްލިކް އޮފް ހަންގޭރީއަކީ މެދުތެރޭ ޔޫރަޕަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.
Republic of Hungary Magyar Köztársaság | |
---|---|
މޮޓޯ: none Historically Latin: Cum Deo pro Patria et Libertate ("With the help of God for Homeland and Freedom") or Regnum Mariae Patronae Hungariae ("Kingdom of Mary, the Patron of Hungary"[1] | |
ގައުމީ ސަލާމް: Himnusz ("Isten, áldd meg a magyart") "Hymn" or "Anthem" ("God, bless the Hungarians") | |
ވެރިރަށް and largest city | Budapest |
ރަސްމީ ބަސްތައް | Hungarian; Hungarian Sign Language |
ނަސްލު ގުރޫޕުތައް | 95% Magyar, 2% Roma, 3% other minority groups |
ޑިމޮނިމް | Hungarian |
ސަރުކާރު | Parliamentary republic |
• President | Pál Schmitt |
• Prime Minister | Viktor Orbán |
• Speaker of the National Assembly | László Kövér |
Foundation | |
• Foundation of Hungary | 896 |
• Recognized as Christian Kingdom
- First king: Stephen I of Hungary | December 1000 |
• Currently 3rd Republic | October 23, 1989 |
ސަރަޙައްދު | |
• Total | 93,030 km2 (35,920 sq mi) (109th) |
• Water (%) | 0.74% |
އާބާދީ | |
• 2009 July estimate | 10,020,000[2] (83rd) |
• 2001 census | 10,198,315 |
• Density | 107.7/km2 (278.9/sq mi) (94th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $196.417 billion[3] (51st) |
• ބޮލަކަށް ޖެހެނީ | $19,553[3] (44th) |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $155.930 billion.[3] (52nd) |
• ބޮލަކަށް ޖެހެނީ | $15,522[3] (44th) |
ޖިނީ (2008) | 24.96 low (3rd) |
އެޗްޑީއައި (2007) | 0.879 Error: Invalid HDI value (43rd) |
ފައިސާ | Forint (HUF) |
ޓައިމް ޒޯން | ޔޫޓީސީ+1 (CET) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+2 (CEST) |
ތާރީޚު ފޯމެޓް | yyyy.mm.dd, yyyy.[[Roman numerals|ފަންވަތް:Sm]].dd (CE) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 36 |
އައިއެސްއޯ 3166 ކޯޑް | HU |
އިންޓަރނެޓް ޓީއެލްޑީ | .hu1 |
|
ހަންގޭރީގެ ރަސްމީ ބަހަކީ ހަންގޭރީބަހެވެ. މީގެ އިތުރުން ހަންގޭރީގެ މައްމަން ބަސް ނުވަތަ ހަންގޭރިޔަން ސައިން ލެންގުއޭޖަކީ ވެސް ރަސްމީ ބަހެއް ކަމުގައި ބަލައެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ހަންގޭރިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބުޑަޕެސްޓްއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ޕާލަމެންޓަރީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 83 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 93030 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ hu. އެވެ. ކޯލިން ކޯޑަކީ +36 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ފޮރިންތެވެ.
ހަންގޭރީގެ ނަން އައިސްފައިވާ ކަމަށް ބެލެވެނީ “އޮނޮގުރް” މި ބަހުންނެވެ. މި ބަހުގެ މާނައަކީ “ދިހަ ޤަބީލާ” އެވެ.
ހަންގޭރީއާ ބޯޑަރުގެ ގޮތުން ގުޅިފައިވާ ޤައުމުތަކަކީ: އޮސްޓްރިޔާ، ސްލޮވާކިޔާ، ޔުކްރެއިން، ރުމޭނިޔާ، ސާބިޔާ، ކްރޮއޭޝިޔާ، އަދި ސްލޮވީނިޔާއެވެ.
ޢީސާއީ މީލާދުގެ 9 އަހަރު ކުރީއްސުރެ ފެށިގެން މީލާދުގެ 4 ވަނަ ޤަރުނާ ހަމަޔަށް މި ސަރަޙައްދު އޮތީ ރޯމަން އެމްޕަޔަރގެ ބާރު ހިނގާ ތަނެއްގެ ގޮތުގައެވެ. ފަރަންސޭސި ވިލާތާއި ޖަރުމަނަކީ ވަކި ޤައުމުތަކެއް ކަމަށް ވުމުގެ ކުރީގައި، މީލާދީން 896 ގައި ހަންގޭރީ ވަނީ ވަކި ތަނެއްގެ ގޮތުގައި ޤާއިމުވެފައެވެ. މީލާދީން 1241 ހާ ތާނގައި މޯންގޯލިޔަން ތަތާރުން ވަނީ ހަންގޭރީއަށް ޙަމަލާދީފައެވެ. މީލާދީން 16 ވަނަ ޤަރުނުގައި ހަންގޭރީގެ ބޮޑުބައި ނުވަތަ މުޅި ހަންގޭރީ އޮތީ ތުރުކީގެ އުސްމާނީ ޚިލާފަތުގެ ބާރުގެ ދަށުގައެވެ. ހަންގޭރީގެ ތިންވަނަ ޖުމްހޫރިއްޔާ އުފަންވި ތާރީޚަކީ 23 އޮކްޓޯބަރ 1989 އެވެ. ހަންގޭރީއިން ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވީ 1 މެއި 2004 ގައެވެ.
ހަންގޭރީގެ އާބާދީގެ 94.4% އަކީ ހަންގޭރީ ނަސްލުގެ މީހުންނެވެ. 2.02% އަކީ ރޯމާއިން (ނުވަތަ ޖިޕްސީން) ނެވެ. 1.18% އަކީ ޖަރުމަނު ނަސްލުގެ މީހުންނެވެ. 0.38% މީހުންނަކީ ސްލޮވެކް ނަސްލުގެ މީހުންނެވެ. އެހެނިހެން ނަސްލުތަކަށް ނިސްބަތްވާ މީހުންގެ ނިސްބަތަކީ 2.02% އެވެ.
ހަންގޭރީއަކީ ޔޫރަޕުގެ ޔަހޫދީންގެ ހިތެވެ. ޒަޔަނިޒަމްގެ ބާނީ ކަމުގައިވާ ތިޔޮޑޯރ ހާޓްޒުލްގެ އުފަން ޤައުމެވެ. މިއަދު ވެސް ޔޫރަޕުގައި ހުރި އެންމެ ބޮޑު ސިނަގޮގް ހުރީ ހަންގޭރީގައެވެ. ހަންގޭރީގެ ރައްޔިތުންގެ ގޮތުގައި ތިބި ޔަހޫދީންގެ ޖުމްލައަކީ 12871 އެވެ. އެހެން ކަމުން ހަންގޭރީގެ ސަގާފަތުގެ ތެރޭގައި ޔަހޫދިއްޔަ އަސަރު ހުރުމަކީ ޙައިރާންވާން ޖެހޭ ކަމެއް ނޫނެވެ.
ހަންގޭރީގައި ކުރީން އޮތީ ކޮމިއުނިސްޓް ވެރިކަމެއް ކަމުން އެ ޤައުމުގެ އިޤްތިޞާދު ވެސް ބައްޓަންވެފައި އޮތީ އެ ގޮތުގެ މަތީންނެވެ. މިއަދު ހަންގޭރީ ވެފައިވަނީ އިޤްތިޞާދީ ގޮތުން ކުރިއަރަމުން އަންނަ ޤައުމަކަށެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 19553 ޑޮލަރެވެ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.