From Wikipedia, the free encyclopedia
ރިޕަބްލިކް އޮފް ހެއިޓީއަކީ ކެރީބިޔަން ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ.
Republic of Haiti République d'Haïti Repiblik Ayiti Republica de Haiti | |
---|---|
މޮޓޯ: "L'Union Fait La Force" (French) "Unity Creates Strength" | |
ގައުމީ ސަލާމް: La Dessalinienne | |
ވެރިރަށް and largest city | Port-au-Prince |
ރަސްމީ ބަސްތައް | Haitian Creole, French |
ނަސްލު ގުރޫޕުތައް | 95.0% black, 5% multiracial and white[1] |
ޑިމޮނިމް | Haitian |
ސަރުކާރު | Parliamentary republic |
• President | Michel Martelly |
• Prime Minister | Jean-Max Bellerive |
Formation | |
• Formed as Saint-Domingue | 30 October 1697 |
• Independence declared | 1 January 1804 |
• Independence recognized | 17 April 1825 |
ސަރަޙައްދު | |
• Total | 27,751 km2 (10,715 sq mi) (140th) |
• Water (%) | 0.7 |
އާބާދީ | |
• 2009 estimate | 9,035,536[1] (82nd) |
• Density | 361.5/km2 (936.3/sq mi) (31st) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $11.570 billion[2] |
• ބޮލަކަށް ޖެހެނީ | $1,317[2] |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $6.943 billion[2] |
• ބޮލަކަށް ޖެހެނީ | $790[2] |
ޖިނީ (2001) | 59.2 high |
އެޗްޑީއައި (2007) | 0.532[3] Error: Invalid HDI value (149th) |
ފައިސާ | Gourde (HTG) |
ޓައިމް ޒޯން | ޔޫޓީސީ-5 |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 509 |
އައިއެސްއޯ 3166 ކޯޑް | HT |
އިންޓަރނެޓް ޓީއެލްޑީ | .ht |
ހެއިޓީގެ ރަސްމީ ބަހަކީ ހެއިޓިއަން ކްރިޔޯލް އާއި ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ހެއިޓިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޕޯރޓް-އައު-ޕްރިންސްއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ޕާލަމެންޓަރީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 82 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 27751 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ht. އެވެ. ކޯލިން ކޯޑަކީ +509 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ގޮއިޑޭ (Gourde) އެވެ.
ހެއިޓީ މިނަން ނެގިފައިވަނީ “އަޔިތީ” މި ނަމުންނެވެ. މިއީ އައިލެންޑް އޮފް އިސްޕެނިޔޯލާގެ ހުޅަނގު ފަޅި ނުވަތަ ފަރުބަދަތައް ހުންނަ ފަޅިއަށް، އަދިވާސީ ޓައިނޯ ބަހުން ކިޔަމުން އައި ނަމެވެ.
ހެއިޓީއަކީ ޑޮމިނިކަން ރިޕަބްލިކާ އެކު އައިލެންޑް އޮފް އިސްޕެނިޔޯލާ ޙިއްޞާ ކުރާ ޤައުމެކެވެ. ހެއިޓީ އޮންނަނީ އިސްޕެނިޔޯލާ އައިލެންޑުގެ ހުޅަނގު ފަޅީގައެވެ. ހެއިޓީއަކީ ކިޔުބާ އާއި ޑޮމިނިކަން ރިޕަބްލިކް ފިޔަވައި ކެރީބިޔަން ސަރަޙައްދުގައި އޮތް އެންމެ ބޮޑު ރަށެވެ.
ހެއިޓީއަކީ އަވަށްޓެރި ޑޮމިނިކަން ރިޕަބްލިކް އެކޭ އެއް ގޮތަށް ދަ އައިލެންޑް އޮފް އިސްޕެނިޔޯލާއަށް ނިސްބަތްވާ ޤައުމެއްކަމުން މި ޤައުމަށް ވެސް ޔޫރަޕު މީހުން އައުމުގެ ކުރީގައި ވަޒަންވެރިވެގެން ތިބީ އަރަވާކަން ބަހަކުން ވާހަކަ ދައްކަމުން އައި ޓައިނޯއިންނެވެ. ޓައިނޯއިންގެ ބަހުން މުޅި މި ރަށަށް ކިޔާ ނަމަކީ ކިސްކޭޔާއެވެ. އައިލެންޑް އޮފް އިސްޕެނިޔޯލާގެ ތިންބައިކުޅަ ދެ ބައި ޙިއްޞާ ކުރަމުންދަނީ އަވަށްޓެރި ޑޮމިނިކަން ރިޕަބްލިކުންނެވެ. އަނެއްބައި ޙިއްޞާ ކުރަމުންދަނީ ހެއިޓީންްނެވެ. ހެއިޓީގެ އަޞްލު ރަށްވެހީން ކަމުގައިވާ ޓައިނޯއިންގެ ހުނަރުވެރި ކަމުގެ ތެރެއިން މިއަދު ފެންނަން ހުރި ކަންތައްތަކަކީ “ކޭވް ޕެއިންޓިން” ފަދަ ކަންތައްތަކެވެ. މިފަދަ ޕެއިންޓިންތައް މިއަދު ވެފައިވަނީ ހެއިޓީގެ ޤައުމީ ސިންބަލްތަކެއް ކަމުގައެވެ. އަދި މި ޕެއިންޓިންތައް ހުރި ތަންތަން ވެފައިވަނީ ފަތުރުވެރީންގެ މެދުގައި މަޤްބޫލު މަންޒިލްތަކަށެވެ. ކްރިސްޓަފަރ ކޮލަންބަސް މި ފަސްގަނޑުގައި ފައިބީއްސާލައިފައިވަނީ 5 ޑިސެންބަރު 1492 ގައެވެ. ޔޫރަޕުގެ މީހުން ވަނީ މި ރަށުން ވަރަށް ބައިވަރު ރަން ނަގާފައެވެ. މި ރަށުގެ އަޞްލު ރަށްވެހީން ކަމުގައިވާ ޓައިނޯ ނަސްލުގެ މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވެގެން ދިޔަ ސަބަބަކީ ކެރީބިޔަން ސަރަޙައްދަށް މުޅީން އައު އިންފެކްޝަސް ބަލިތައް ޔޫރަޕުގެ މީހުންގެ ފުށުން މި ސަރަޙައްދަށް ފާވުމެވެ. މި ސަރަޙައްދުގައި ތިބި ޔޫރަޕުގެ ގަވަރުނަރުން ވަނީ މީލާދީން 16 ވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން އެފްރިކާއިން އަޅުން ގެނެސް މިތަނުގެ މަސައްކަތްތަކަށް ބޭނުން ކުރަމުންނެވެ. ހެއިޓީގައި ފުރަތަމަ ފަހަރަށް ހަކުރު އުފެއްދުމަށް ވިންޑްމިލްއެއް ޤާއިމުކުރެވުނީ 1685 ގައެވެ. ހެއިޓީ ވަކި ޤައުުމެއްގެ ގޮތުގައި ޤާއިމުވެފައިވަނީ 30 އޮކްޓޯބަރު 1697 ގައި ސެއިންޓް ޑޮމިންގޫގެ ގޮތުގައެވެ. ހެއިޓީގެ މިނިވަންކަން އިޢުލާން ކުރެވިފައިވަނީ 1 ޖަނަވަރީ 1804 ގައެވެ. މިނިވަން ޤައުމެއްގެ ގޮތުގައިި ހެއިޓީ ބަލައިގެންފައިވަނީ 17 އެޕްރީލް 1825 ގައެވެ. 2010 ވަނަ އަހަރުގައި ހެއިޓީއަށް ވަނީ ވަރަށް ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. މީގެ ސަބަބުން އެ ޤައުމަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ހެއިޓީގެ އާބާދީގެ 95% އަކީ ކަޅު މީހުންނެވެ. 5% މީހުންނަކީ މަސްހުނި ނަސްލުތަކުގެ މީހުންނާއި ދޮން މީހުންނެވެ.
ހެއިޓީ އަކީ ވަރަށް ދިގު ތާރީޚެއް އޮތް ޤައުމެއް ކަމުން މި ޤައުމުގެ ސަގާފަތަކީ ވަރަށް މުއްސަނދި ސަގާފަތެއް ކަމުގައި ބެލެވިފައިވެއެވެ. ފަރަންސޭސި ސަގާފަތާއި، އެފްރިކާ މީހުންގެ ސަގާފަތާއި ޓައިނޯއިންގެ ސަގާފަތުގެ އިތުރުން އިސްޕޭނު މީހުންގެ ސަގާފަތް މަސްހުނި ވެގެން އުފެދިފައިވާ ސަގާފަތަކީ މިއަދު ހެއިޓީގެ ސަގާފަތެވެ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.