ނާރުތަކުގެ ނިޒާމް
From Wikipedia, the free encyclopedia
އިންސާނާގެ ހަށިގަނޑުގައިވާ ނާރުތަކުގެ ނިޒާމް މަސްތަކުގެ ތަކުގެ ހަރަކާތްތައް ހިންގައިދީ، ގުނަވަންތަކުގެ މަސައްކަތް ބަލަހައްޓައިދީ، ތަފާތު އިޙްސާސްތައް ގެނެސްދީ، އަދި ތަފާތު ހަރަކާތްތައް ކުރުމުގައި އިންސާނާ އަށް އެހީތެރި ވެދެއެވެ. ނާރުތަކުގެ ނިޒާމްގައި އެންމެ ފާހަގަކޮށްލެވޭ ދެބައިވެރިންނަކީ ނާރުތައް(Nerves) އަދި ނިއުރޯންތައް(Neurons) އެވެ.
އިންސާނާގެ ހަށިގަނޑުގައި ނާރުތަކުގެ ނިޒާމް ބެހިގެންވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ސެންޓްރަލް ނާރވަސް ސިސްޓަމް(CNS)އަދި ޕެރިފެރަލް ނާރވަސް ސިސްޓަމް(PNS)އެވެ. ސެންޓްރަލް ނާރވަސް ސިސްޓަމްގައި ހިމެނެނީ ސިކުނޑި(Brain) އަދި ސްޕައިނަލް ކޯޑް (Spinal cord) އެވެ. ޢާންމު ގޮތެއްގައި ނާރުތައް ހިމެނެނީ ޕެރިފެރަލް ނާރވަސް ސިސްޓަމްގެ ތެރޭގައެވެ. ޕެރިފެރަލް ނާރވަސް ސިސްޓަމް އިތުރު ދެބަޔަކަށް ބެހިގެން ގޮސްފައި ވެއެވެ. އެއީ ސޮމެޓިކް ނާރވަސް ސިސްޓަމް(Somatic nervous system) އަދި އުޓޮނޮމިކް ނާރވަސް ސިސްޓަމް (Autonomic nervous system)އެވެ.