ކަޒަކިސްތާނަކީ ޔޫރޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. ބިމުގެ ގޮތުން ބަލާއިރު ދުނިޔޭގައި ނުވަވަނަ އަށް އެންމެ ބޮޑު ޤައުމެވެ. ދުނިޔޭގެ ބިންބަންދު (ލޭންޑްލޮކް) ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ޤައުމަކީ ވެސް ކަޒަކިސްތާނެވެ.
Republic of Kazakhstan Қазақстан Республикасы Qazaqstan Respwblïkası قازاقستان رهسپۋبلٸكاسى Республика Казахстан Respublika Kazakhstan | |
---|---|
ގައުމީ ސަލާމް: Менің Қазақстаным (Kazakh) Meniñ Qazaqstanım (transcription) "My Kazakhstan" | |
ވެރިރަށް | Astana |
Largest city | Almaty |
ރަސްމީ ބަސްތައް | Kazakh (state and major for Kazakh officials, spoken by all Kazakhs) Russian (2nd official (spoken by 85% of residents, including non-Russians)) |
ނަސްލު ގުރޫޕުތައް | (2009 census) 67% Kazakh 18% Russian 2.7% Ukrainian 2.6% Uzbek 1.5% Uyghur 1.4% Tatar 1.3% German 5.5% Other [1] |
ޑިމޮނިމް | Kazakh Kazakhstani[2] |
ސަރުކާރު | Presidential republic |
• President | Nursultan Nazarbayev |
• Prime Minister | Karim Massimov |
ސަރަޙައްދު | |
• Total | 2,724,900 km2 (1,052,100 sq mi) (9th) |
• Water (%) | 1.7 |
އާބާދީ | |
• 2009 census | 16,402,861 [3]. |
• Density | 6/km2 (15.5/sq mi) (226th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $177.835 billion[4] |
• ބޮލަކަށް ޖެހެނީ | $11,434[4] |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $135.601 billion[4] |
• ބޮލަކަށް ޖެހެނީ | $8,719[4] |
ޖިނީ (2005) | 30.4[5] Error: Invalid Gini value |
އެޗްޑީއައި (2007) | 0.804 Error: Invalid HDI value (82nd) |
ފައިސާ | Tenge () (KZT) |
ޓައިމް ޒޯން | ޔޫޓީސީ+5/+6 (West/East) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | +7-6xx, +7-7xx |
އިންޓަރނެޓް ޓީއެލްޑީ | .kz |
ކަޒަކިސްތާނުގެ ރަސްމީ ބަހަކީ ކަޒަކް ބަހެވެ. ދެވަނަ ރަސްމީ ބަހަކީ ރޫސީ ބަހެވެ. އިނގިރޭސި ބަހުން ކަޒަކިސްތާނުގެ މީހުންނަށް ކިޔަނީ ކަޒަކްސްއެވެ. ނުވަތަ ކަޒަކްސްތާނީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަލްމާތީއެވެ. ޤައުމުގެ ވެރިރަށަކީ އަސްތާނާއެވެ. އަސްތާނާާއަށް ކަޒަކިސްތާނުގެ ވެރިކަން ބަދަލުކޮށްފައިވަނީ 1997 ވަނަ އަހަރުގައެވެ. އޭގެ ކުރީން އެ ޤައުމުގެ ވެރިކަން ކުރަމުން އައީ ޤައުމުގެ އެންމެ ބޮޑު ޝަހަރު ކަމުގަިއވާ އަލްމާތީގައެވެ. ނެދަލޭންޑްސްއަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 16 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 62 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 2.7 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ kz. އެވެ. ކޯލިން ކޯޑަކީ +76 އަދި +77 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކަޒަކް ތެންޖެވެ.
ކަޒަކްސްތާނުގެ ނަން ނިސްބަތްވަނީ އެ ޤައުމުގެ އާބާދީގައި ހިމެނޭ އެންމެ ބޮޑު ނަސްލު ކަމުގައިވާ ކަޒަކް ނަސްލުގެ މީހުންނަށެވެ. ކަޒަކްސްތާނުގެ މާނައަކީ ކަޒަކް މީހުންގެ ބިމެވެ.
ކަޒަކިސްތާނުގެ ސަރަޙައްދު ހުޅަނގު ޔޫރަޕަށް ވުރެ ބޮޑެވެ. ގަޑީގެ ކަށި ހިނގާ ބުރުން ބަލާއިރު ކަޒަކިސްތާނާ ބޯޑަރުގެ ގޮތުން ގުޅެނީ ރަޝިޔާ އާއި ޗައިނާ އާއި ކިރްގިސްތާނާއި އުޒްބެކިސްތާނާއި ތުރުކްމެނިސްތާނެވެ. ހަމަ އެހެންމެ ކަޒަކިސްތާނު ވަނީ ބޯޑަރުގެ ގޮތުން ކަސްބީ (ކެސްޕިއަން) ކަނޑާ ވެސް ގުޅިފައެވެ. އެހެން ނަމަވެސް މިއީ ދުނިޔޭގެ މާކަނޑުތަކަށް ހުޅުވިފައިނުވާ ކަނޑަކަށްވާތީ، ކަޒަކިސްތާނަކީ ބިން ބަންދު ޤައުމެކެވެ.
ގަލުގެ ޒަމާނުން ފެށިގެން ކަޒަކިސްތާނުގައި އިންސާނުން ދިރިއުޅެމުން އަންނަ ކަމަށް ތާރީޚު ހެކިދެއެވެ. ކަޒަކިސްތާނުގެ މޫސުމާއި އެތަނުގެ އާބުހަވާއަކީ ނަޢަމް ސޫފި ގެންގުޅޭ ރެދިން (ނޯމޭޑްސް) ވަރަށް ހިތް ހަމަ ޖެހިގެން އުޅޭނޭ ފަދަ ތަނެކެވެ. ކަޒަކިސްތާނުގެ ޤަދީމީ ޝަހަރުތަކުގެ ތެރޭގައި ހިމެނޭ ތަރާޒް ފަދަ ޝަހަރުތަކަކީ އިރުމައްޗާއި ހުޅަނގު ގުޅުވައިދިން ފަށުވިމަގުގެ ރާސްތާގައި ހިމެނޭ މުހިއްމު ޝަހަރުތަކެވެ. ސިޔާސީ ގޮތުން ކަޒަކިސްތާނަށް މުހިއްމު ބަދަލުތަކެއްް އަންނަން ފަށާފައިވަނީ އެ ޤައުމަށް މީލާދީން 13 ވަނަ ޤަރުނުގައި މޮންގޯލިޔަނުންގެ ވެރިކަމުގައެވެ. ކަޒަކިސްތާނުގެ އިދާރީ ޑިސްޓްރިކްޓްތައް ވެސް ހަމަޖެހިފައިވަނީ މޮންގޯލިޔަނުންގެ ވެރިކަމުގައެވެ. މީލާދީން 15 ވަނަ ޤަރުނުގައި ކަޒަކް ނަސްލުގެ މީހުން، ވަކި ޕެހެޗާނެއްގެ ގޮތުގައި ބެލެވެން ފެށިއެވެ. ކަޒަކް ނަސްލު ވަކި ގޮތްޕެއްގެ ގޮތުގައި ވަކިވީ ތުރުކީ ޤަބީލާގެ ތެރެއިންނެވެ. އެހެންނަމަވެސް ކަޒަކް ނަސްލަކީ މުޅީން ވަކި ނަސްލެއް ކަމުގައި ބެލެވެން ފަށާފައިވަނީ މީލާދީން 16 ވަނަ ޤަރުނުގެ މެދުތެރޭގައި ވަކި ބަހެއްގެ ގޮތުގައި ކަޒަކް ބަސް ތަރައްޤީވުމުންނާއި، ވަކި ސަގާފަތަކާއި އިޤްތިޞާދެއް ޤާއިމުވުމުންނެވެ.
ކަޒަކިސްތާނުގެ އާބާދީގެ 67% މީހުންނަކީ ކަޒަކް ނަސްލުގެ މީހުންނެވެ. 18% މީހުންނަކީ ރޫސީ ނަސްލުގެ މީހުންނެވެ. 2.7% މީހުންނަކީ ޔުކްރޭނީންނެވެ. 2.6% މީހުންނަކީ އުޒްބެކް ނަސްލުގެ މީހުންނެވެ. 1.5% މީހުންނަކީ އުއިޣޫރު ނަސްލުގެ މީހުންނެވެ. 1.4% މީހުންނަކީ ތަތާރުންނެވެ. 1.3% މީހުންނަކީ ޖަރުމަނު ނަސްލުގެ މީހުންނެވެ. 5.5% މީހުންނަކީ އެހެން ނަސްލުތަކުގެ މީހުންނެވެ.
ކަޒަކިސްތާނުގެ އާބާދީގެ 65% މީހުންނަކީ މުސްލިމުންނެވެ. މި މީހުންގެ ތެރެއިން ގިނައީ ޙަނަފީ މަޒުހަބުގެ މީހުންނެވެ. 1% މީހުންނަކީ ޝާފިޢީ މަޒުހަބުގެ މީހުންނެވެ. އެއީ ޝީޝާން (ޗެޗްނިޔާ) ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. މުސްލިމުންގެ އިތުރުން ކްރިސްޓިޔަނުންނާއި ޔަހޫދީން ވެސް އުޅޭ މި ޤައުމުގައި ހަރޭ ކްރިޝްނާއިންނާއި ބުދިސްޓުން އުޅޭމެއެވެ.
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.