From Wikipedia, the free encyclopedia
ކްރޮއޭޝިޔާއަކީ މެދުތެރޭ އަދި އިރު ދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.
Republic of Croatia Republika Hrvatska | |
---|---|
ގައުމީ ސަލާމް: Lijepa naša domovino Our beautiful homeland | |
ވެރިރަށް and largest city | Zagreb |
ރަސްމީ ބަސްތައް | Croatian1 |
ޑިމޮނިމް | Croat, Croatian |
ސަރުކާރު | Parliamentary republic |
• President | Kolinda Grabar-Kitarović |
• Prime Minister | Jadranka Kosor |
• President of Parliament | Luka Bebić |
Establishment | |
• Principality | 7852 |
• Independent Principality | 879 |
• Kingdom | 925 |
• Union with Hungary | 1102 |
• Joined Habsburg Empire | 1 January 1527 |
• Independence from Austria–Hungary | 29 October 1918 |
• Joined Yugoslavia3 | 29 November 1943 |
• Decision on independence | 25 June 1991 |
• Declaration of independence | 08 October 1991 |
ސަރަޙައްދު | |
• Total | 56,594 km2 (21,851 sq mi) (126th) |
• Water (%) | 1.09 |
އާބާދީ | |
• 2009 estimate | 4,489,409[1] (122nd) |
• 2001 census | 4,437,460[2] |
• Density | 81/km2 (209.8/sq mi) (115th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $82.407 billion[3] |
• ބޮލަކަށް ޖެހެނީ | $18,575[3] |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $69.357 billion[3] |
• ބޮލަކަށް ޖެހެނީ | $15,633[3] |
ޖިނީ (2008) | 29 low |
އެޗްޑީއައި (2007) | 0.871[4] Error: Invalid HDI value (45th) |
ފައިސާ | Kuna (HRK) |
ޓައިމް ޒޯން | ޔޫޓީސީ+1 (CET) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+2 (CEST) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 385 |
އައިއެސްއޯ 3166 ކޯޑް | HR |
އިންޓަރނެޓް ޓީއެލްޑީ | .hr |
|
ކްރޮއޭޝިޔާގެ ރަސްމީ ބަހަކީ ކްރޮއޭޝިޔަން ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ކްރޯ^ްސް ނުވަތަ ކްރޮއޭޝިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޒަގްރެބްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 120 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 56594 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ hr. އެވެ. ކޯލިން ކޯޑަކީ +385 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
އިނގިރޭސި ބަހުން މި ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ކްރޮއޭޝިޔާއެވެ. ކްރޮއޭޝިޔަން ބަހުން މި ޤައުމަށް ކިޔަނީ ރިޕަބްލިކާ ހްރްވަ^ްސްކާއެވެ.
ކްރޮއޭޝިޔާގެ އުތުރުގައި އޮތީ ސްލޮވީނިޔާ އާއި ހަންގޭރީއެވެ. އިރުދެކުނުގައި އޮތީ ބޮސްނިޔާ އެންޑް ހެރްޒެގޮވީނާ އާއި ސާބިޔާއެވެ. އިރުމަތީގައި އޮތީ މޮންޓިނީގްރޯއެވެ.
ކްރޮއޭޝިޔާގެ ގޮތުގައި މިއަދު މި އޮތް ސަރަޙައްދަކީ ވަރަށް ވެސް ކުރީއްސުރެ މީހުން އާބާދުވެފައިވާ ތަނެކެވެ. ތާރީޚަށް ބަލާއިރުގައި ޕްރިންސިޕަލިޓީއެއްގެ ގޮތުގައި ޤާއިމުވެފައިވަނީ 785 ވަނަ އަހަރުގައެވެ. މިނިވަން ޕްރިންސިޕަލިޓީއެއްގެ ގޮތުގައި 879 މ. ގައެވެ. ރަސްކަމެއް ޤާއިމުވެފައި ވަނީ 925 ގައެވެ. ހަންގޭރީއާ އެކު އިއްތިޙާދުވެފައި ވަނީ 1102 ވަނަ އަހަރުގައެވެ. ހެބްސްބާރގް އެމްޕަޔަަރއާ ގުޅުނީ 1 ޖަނަވަރީ 1527 ގައެވެ. އޮސްޓްރިޔާ-ހަންގޭރީ އިއްތިޙާދުގެ ދަށުން މިނިވަންވީ 29 އޮކްޓޯބަރު 1918 ގައެވެ. ޔޫގޮސްލާވިޔާއާ ގުޅުނީ 29 ނޮވެންބަރު 1943 ގައެވެ. މިނިވަންވުމުގެ ނިންމުން ނިންމާފައިވަނީ 25 ޖޫން 1991 ގައެވެ. މިނިވަންކަން އިޢުލާނުކޮށްފައިވަނީ 08 އޮކްޓޯބަރު 1991 ގައެވެ.
ކްރޮއޭޝިޔާގެ އާބާދީގެ 89.6% އަކީ ކްރޮއަ^ް ނަސްލުގެ މީހުންނެވެ. މީގެ އިތުރުން 4.5% ސަރބުންނާއި 5.9% ބޮސްނިއާކް، ހަންގޭރީ، އިޓާލީން، ސްލޮވީނީން، ޖަރުމަނުން، ޗެކުން، ރޯމާނީންގެ މި ޤައުމުގައި ދިރިއުޅެމުން ގެންދެއެވެ. ކްރޮއޭޝިޔާގެ އާބާދީގެ 88% މީހުންނަކީ ރޯމަން ކެތަލިކް ކްރިސްޓިޔަނުންނެވެ. 4.4% މީހުންނަކީ އޮތޮޑޮކްސް ކްރިސްޓިޔަނުންނެވެ. މުސްލިމުންގެ އިންސައްތައަކީ 1.3% އެވެ. އެއްވެސް ދީނަކަށް ތަބާނުވާ 5.2% މީހުން ވެސް ކްރޮއޭޝިޔާގައި އުޅޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކްރޮއޭޝިޔާގެ ސަގާފަތަކީ ގާތްގަނޑަކަށް 14 ވަރަކަށް ޤަރުނުވެފައިވާ ސަގާފަތެކެވެ. ވަރަށް ބޮޑަށް މަދަނީ ތަރައްޤީ އާއި އާދަކާދައަށް ކުރިއެރުންތަކެއް ލިބިގެން ދިއުމުގެ ސަބަބުން ކްރޮއޭޝިޔާ ވެފައިވަނީ ވަރަށް މުއްސަނދި ސަގާފަތެއް އޮތް ޤައުމަކަށެވެ. ޔޫރަޕުގެ މުސްލިމުން ދިރިއުޅޭ ޤައުމުތަކަށް ބަލާލާއިރު ކްރޮއޭޝިޔާގެ މުސްލިމުންގެ ޢަދަދު ލައްކައަކަށް ނޭރި ކަމުގައި ވިޔަސް ކްރޮއޭޝިޔާއަކީ މުޅި ދުނިޔެއިން ވެސް ހޮވާލެވޭ ފަދަ އިސްލާމީ ސަގާފަތެއް އޮތް ޤައުމެކެވެ. ކްރޮއޭޝިޔާގެ މުސްލިމުންނަކީ ވަރަށް ދީންވެރި، އަދި އެހައިިމެ ދީލަތި ބައެކެވެ. ވަރަށް ހިތްތިރި، ބޮޑާވެރިކަމުގެ ސިފަ ނެތް، އިޚްލާޞްތެރި ބައެކެވެ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.