![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/da/3_types_of_lentil.jpg/640px-3_types_of_lentil.jpg&w=640&q=50)
މުގު
From Wikipedia, the free encyclopedia
މުގު(ސައިންޓިފިކް ނަން: Lens culinaris)ނުވަތަ (އިނގިރޭސި ބަހުން: lentil)އަކީ ޢާއްމުކޮށް ރިހަކައްކަން ގެންގުޅޭ ކުދިއޮށްޓަރެއް ހުންނަ އެއްޗެކެވެ. މީގެވަރަށް ގިނަބާވަތް ހުރެއެވެ. މިސާލު: ރަތްމުގު. ނޫމުގު. ފެހިމުގު އަދި ކަޅު މުގު ހިމެނެއެވެ. މުގަކީ އެއިން އާންމުކޮށް ރިހަ ކެއްކުމަށް ބޭނުންކުރާ އެއްޗެކެވެ. ބޭރު ގައުމުތަކުގައި މުގުން ތަފާތު ބާވަތްތަކުގެ ކާނާތައް ތައްޔާރުކޮށް އުޅޭއެވެ. މުގުގަސް ބޮޑުވަނީ 15 އިންޗިވަރުގެ އުސްމިނަށެވެ. މުގު އަޅާފައި ހުންނަނީ ތޮޅި ފާނޑުގެ އެއްޗެއްގައެވެ. އެއިން ކޮންމެ އެއްޗެއްގެ ތެރޭގައި ދެ މުގު ކޮޅު އޮވެއެވެ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/da/3_types_of_lentil.jpg/640px-3_types_of_lentil.jpg)
މުގުން ލިބިދޭ ޞިއްހީ ފައިދާ ތަކުގެ ތެރޭގައި ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުން، ހިތުގެ ބަލިތަކާއި ދުރުކޮށް ދިނުން، އަދި ހަށިގަނޑަށް ދަގަނޑު ފޯރުކޮށް ދިނުން ހިމެނެއެވެ.