ފިތް (އިނގިރޭސި ބަހުން: Gall bladder)އަކީ އިންސާނާގެ ފުރަމޭގެ ތެރެއަށް ނާސްޕަތީ އެއްގެ ބައްޓަމަށް(އިނގިރޭސި ބަހުން: Pear-shaped) ފެތިފައި އިންނަ ގުނަވަނެކެވެ. މިގުނަވަނުގައި ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔައެއް ކަމުގައިވާ ބައިލް ރައްކާކޮށްފައި ހުރެއެވެ. ފިތުގެ ދިގުމިނުގައި އެވްރެޖް ގޮތެއްގައި ހުންނަނީ 12-7 ސެންޓި މީޓަރެވެ. ފިތް އިންނަނީ ގަދަ ފެހި ކުލައިގައެވެ. ތަފާތު ދެމަގަކުން ފިތް އިންނަނީ ފުރަމޭ އަދި ކުޑަ ގޮހޮރު ގެ ފުރަތަމަ ބައި ޑުއަޑީނަމް އާއި ގުޅިފައެވެ.

More information Gallbladder, Latin ...
Gallbladder
Gallbladder is #5
Latin vesica biliaris
Gray's subject #250 1197
System Digestive system (GI Tract)
Artery Cystic artery
Vein Cystic vein
Nerve celiac ganglia, vagus[1]
Precursor Foregut
MeSH Gallbladder
Dorlands/Elsevier g_01/12383343
Close

ފިތަކީ ފުރަމޭ ގެ ކަނާތު ލޯބް ގެ ތެރެއަށް ފެތިފައި އިންނަ ގުނަވަނެކެވެ. ފިތުގެ ތިރިއާއި އަރިމަތި ހުންނަނީ ޕެރިޓޯނިއަމް (އިނގިރޭސި ބަހުން: Peritoneum)އިން ނިވާކުރެވިފައެވެ. އެކަމަކު ފިތުގެ މަތީ ސަތަހަ ނުވަތަ ފަރާތް އިންނަނީ ސީދާ ފުރަމޭގައި ޖެހިފައެވެ.

ފިތް އެކުލެވިގެންވަނީ ފަންޑަސް، ޖިސްމު، އަދި ކަރު ގެ މައްޗަށެވެ. ފަންޑަސް އިންނަނީ އެއްކޮށް ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ފިތުގެ ޖިސްމު އިންނަނީ ސީދާ ހުރަސް ފަލަ ގޮހޮރު އަދި ޑުއަޑީނަމް ގައި ޖެހިފައެވެ. ފިތުގެ ކަރަކީ އޭގެ އެންމެ މައްޗަށް އިންނަ ހިމަ ބައެވެ.


ފިތުގެ ވަޒީފާ

ފިތުން އަދާކޮށްދޭ ވަޒީފާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

ބައިލް ރައްކާކުރުން

އިންސާނުން އެއްފަހަރު ކެއުމާއި އަނެއް ފަހަރު ކެއުމާއި ދޭތެރޭގައި ސްފިންކްޓަރ އޮފް އޯޑި(އިނގިރޭސި ބަހުން: Sphincter of ODDI) ހުންނަނީ އާދައިގެ ވަރެއްގައި ކޮންޓްރެކްޓް ވެވިވެވި އެވެ. އެހެން ކަމުން ބައިލް ފަހަތަށްގޮސް މައްޗަށްގޮސް ސިސްޓިކް ޑަކްޓް(އިނގިރޭސި ބަހުން: Cystic duct) ހުރަސްކޮށް ފިތް އަށް ވާޞިލްވެ، އޭގެތެރޭގައި ގުދަން ކުރެވެއެވެ.

ބައިލް ކޮންސެންޓްރޭޓް ކުރުން

ފިތުގެ ކެޕޭސިއަކީ ގާތްގަނޑަކަށް 60-20 މިލިލީޓަރުގެ މިންވަރެކެވެ. އެހެންކަމުން ފުރަމޭ އިން ފިތުގެ ތެރެއަށް އަންނަ ބައިލްގެ ބޮޑު މިންވަރެއް ފިތުގެ ތެރޭގައި ބެހެއްޓުމަށްޓަކައި ބައިލް ކޮންސެންޓްރޭޓް ކުރަންޖެހެއެވެ.

ބައިލް އެސިޑިފިކޭޓް ކުރުން

ބައިލް އެސިޑިފިކޭޓްވަނީ ބައިލް ކޮންސެންޓްރޭޓް ކުރުމުގެ ތެރޭގައި ބައިކާބޮނޭޓް(އިނގިރޭސި ބަހުން: Bicarbonate) އަލުން ހަށިގަނޑަށް ދެމުމުންނެވެ. މިގޮތަށް ބައިކާބޮނޭޓް ހަށިގަނޑަށް ދެމުމުން، ފިތުގައި ހުރި ބައިލްގެ ޕީއެޗް 7.4-7 އާއި ދެމެދުގެ މިންވަރަކަށް ދަށްވެއެވެ. ނަތީޖާއެއްގެ ގޮތުން ކެލްސިއަމް ޖަމާވެ، ފިތު ހިލަ(އިނގިރޭސި ބަހުން: Gall Stone) ހެދުން މަނާކޮށްދެއެވެ.

ބައިލް ޑަކްޓްތަކުގައި ހުންނަ ޕްރެޝަރު ދަށްކުރުން

ބައިލް ޑަކްޓް ތަކުގެ ޕްރެޝަރު ދަށްކުރަނީ ފުރަމޭ އިން އުފައްދައި ބޭރުކުރާ ބައިލް(އިނގިރޭސި ބަހުން: Bile) ގެ ބޮޑުމިންވަރެއް ފިތުގައި ރައްކާކޮށްގެންނެވެ. ބައިލް ޑަކްޓް ތަކުގެ ޕްރެޝަރު މަތިވެއްޖެ ނަމަ ބައިލް ދޫކުރުން ހުއްޓި، ފުރަމޭގެ މަސައްކަތަށް ބުރޫއަރާގޮތް ވެއެވެ.

ހުދުބައިލް އުފެއްދުން

ހުދު ބައިލް(އިނގިރޭސި ބަހުން: White bile) ބޭރުކުރަނީ ފިތުގެ އެތެރޭގެ ދުލިފަށް ގައި ހުންނަ މިޔުކަސް ގްލޭންޑް ތަކުންނެވެ.


ފިތުގެ މަސައްކަތް ބެލުމަށް ކުރެވޭ ޓެސްޓްތައް

  • ކޮލެސިސްޓަގްރަފީ ހެދުން ނުވަތަ އެކްސް-ރޭ ނެގުން
  • އަލްޓްރާ ސޮނެގްރަފީ ނުވަތަ ސްކޭން ކުރުން


ބަލިތަކުގައި ފިތުގެ ދައުރު

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.