From Wikipedia, the free encyclopedia
ތަޖިކިސްތާނަކީ މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.
Republic of Tajikistan Ҷумҳурии Тоҷикистон Jumhurii Tojikiston | |
---|---|
ގައުމީ ސަލާމް: Surudi Milli | |
ވެރިރަށް and largest city | Dushanbe |
ރަސްމީ ބަސްތައް | Tajik[1][2] |
Language for inter-ethnic communication | Russian[3] |
ޑިމޮނިމް | Tajikistani[4] |
ސަރުކާރު | Unitary presidential republic |
• President | Emomalii Rahmon |
• Prime Minister | Oqil Oqilov |
Independence | |
• Establishment of the Samanid Empire | 875 AD |
• Declared | September 9, 1991 |
• Completed | December 25, 1991 |
ސަރަޙައްދު | |
• Total | 143,100 km2 (55,300 sq mi) (102nd) |
• Water (%) | 1.8 |
އާބާދީ | |
• 2009 estimate | 7,349,145[4] (97th) |
• 2000 census | 6,127,000 |
• Density | 48.6/km2 (125.9/sq mi) (155th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $13.062 billion[5] (133rd) |
• ބޮލަކަށް ޖެހެނީ | $2,022[5] (187) |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $5.135 billion[5] |
• ބޮލަކަށް ޖެހެނީ | $795[5] |
ޖިނީ (2004) | 33.59 medium |
އެޗްޑީއައި (2007) | 0.688[6] Error: Invalid HDI value (127th) |
ފައިސާ | Somoni (TJS) |
ޓައިމް ޒޯން | ޔޫޓީސީ+5 (TJT) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 992 |
އައިއެސްއޯ 3166 ކޯޑް | TJ |
އިންޓަރނެޓް ޓީއެލްޑީ | .tj |
|
ތަޖިކިސްތާނުގެ ރަސްމީ ބަހަކީ ތަޖިކް ބަހެވެ. މިއީ ފާރިސީ ބަހުގެ ވައްތަރެކެވެ. އެހެން ނަސްލުތަކުގެ މީހުންނާ މުޢާމަލާތް ކުރުމުގެ ގޮތުން ރޫސީ ބަސް ބޭނުން ކުރެވެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ތަޖިކިސްތާނީސްްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ދުޝަންބޭއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ރިޔާސީ ޖުމްހޫރިއްޔާއެއް އޮންނަ ޔުނިޓަރީ ދައުލަތެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 99 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 143100 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tj. އެވެ. ކޯލިން ކޯޑަކީ +992 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސޮމޮނީއެވެ.
“ތަޖިކިސްތާން” މި ބަހުގެ މާނައަކީ ތަޖިކުންގެ ބިމެވެ.
ތަޖިކިސްތާނުގެ ދެކުނުގައި އޮތީ އަފްޣާނިސްތާނެވެ. ހުޅަނގުގައި އޮތީ އުޒްބެކިސްތާނެވެ. އުތުރުގައި އޮތީ ކިރްގިސްތާނެވެ. އިރުމަތީގައި އޮތީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ. ތަޖިކިސްތާނާއި ޕާކިސްތާނާ ދެމެދު އޮޮތީ ވަކާން ކޮރިޑޯއެވެ.
ޢީސާއީ މީލާދުގެ 4000 އަހަރު ކުރީއްސުރެ ފެށިގެން މިއަދުގެ ތަޖިކިސްތާން އޮތް ސަރަޙައްދުގައި މީހުން ދިރިއުޅެމުން ގެންދެއެވެ. މި ސަރަޙައްދު އޮންނަނީ އެކި ޒަމާންތަކުގައި އެކި ވެރިކަން ދަށުގައެވެ. އެންމެ ގިނަ ދުވަހު މިތަން އޮތީ ފާރިސީ ވެރިކަމުގެ ދަށުގައެވެ. ތަޖިކިސްތާނަކީ ޤަދީމީ ކަންބޯޖާގެ ބައެކެވެ. ތަޖިކިސްތާނަށް މުސްލިމުން ވަދެފައިވަނީ މީލާދީން 7 ވަނަ ޤަރުނުގައެވެ. މި ހިސާބުގެ ޝަހަރުތަކުގެ ތެރެއިން ބުޚާރާ އާއި ސަމަރްގަންދަކީ މުސްލިމުންގެ ކުރިއެރުން ފާހަގަ ވެގެންދާ ދެ ޝަހަރެވެ. މި ދެ ޝަހަރު ވެސް އޮންނަނީ މިހާރުގެ އުޒްބެކިސްތާނުގައެވެ. ޢީސާއީ މީލާދުގެ 600 ވަރަކަށް އަހަރު ކުރީން ޔަހޫދީންގެ ބަޔަކު ތަޖިކިސްތާން ސަރަޙައްދަށް އައި ކަމަށް ބުނެވެއެވެ. އެހެން ނަމަވެސް މީލާދީން 20 ވަނަ ޤަރުނާ ހަމަޔަށް މިހާރުގެ ޔަހޫދީންގެ ބަޔަކު ތަޖިކިސްތާނަށް ވަދެފައެއް ނުވެއެވެ. މީލާދީން 19 ވަނަ ޤަރުނުގައި ރޫސީން، މެދުތެރޭ އޭޝިޔާގެ ޤައުމުތަކަށް ވެރިވާން ފެށިއެވެ. މީލާދީން 1864 ވަނަ އަހަރާއި 1885 ވަނަ އަހަރާ ދެމެދު، މިހާރުގެ ތަޖިކިސްތާނު އޮތް ބިން ރޫސީންގެ އަތް ދަށަށް އެއްކޮށް ދިޔައެވެ. މިހާރުގެ ތަޖިކިސްތާނު ޤައުމެއްގެ ގޮތުގައި ސިފަ ކުރެވިފައިވަނީ ތަޖިކުންގެ ބޮޑު އާބާދީއެއް ސަރަޙައްދަށް ބަލާފައެވެ. މީލާދީން 1917 ހިސާބުގައި ދީނާ އިދިކޮޅު ބަޔަކު ނުކުމެ ވަނީ މުސްލިމުންނާއި ނަޞާރާއިންނާއި ޔަހޫދީންގެ ތެރެއިން އެތައް ބަޔަކު މަރައި، މިސްކިތްތަކާއި ކަނީސާތަކާއިި ސިނަގޮގްތައް އަންދާލާފައެވެ. މީލާދީން 1924 ވަނަ އަހަރު އުޒްބެކިސްތާނުގެ ތެރޭގައި އޮތް ވަކި ޒާތީ ވެރިކަމެއް އޮތް ތަނެއްގެ ގޮތުގައި ތަޖިކް ޖުމްހޫރިއްޔާ ކަނޑައެޅުނެވެ. އެހެން ނަމަވެސް 1929 ގައި ތަޖިކް ޖުމްހޫރިއްޔާއަކީ ވަކި ޖުމްހޫރިއްޔާއެއް ކަމުގައި ކަނޑައެޅުނެވެ. އެހެން ނަމަވެސް ބުޚާރާ އާއި ސަމަރްގަންދް ފަދަ ތަޖިކުން ގިނަ ޝަހަރުތައް އުޒްބެކިސްތާނުގެ ބައެއްގެ ގޮތުގައި ދެމިއޮތީއެވެ. ތަޖިކިސްތާން މިނިވަންވެފައިވަނީ 1991 ވަނަ އަހަރުގެ ޑިސެންބަރުން 25 ގައެވެ.
ތަޖިކިސްތާނުގެ އާބާދީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތަޖިކް ނަސްލުގެ މީހުންނެވެ. މީގެ އިތުރުން އުޒްބެކުންނާއި ރޫސީން ކޮންމެވެސް ވަރަކަށް ތަޖިކިސްތާނުގެ އާބާދީގެ ތެރޭގައި ހިމެނެއެވެ.
ސަގާފަތަށް ބަލާއިރުގައި އީރާނީންނާއި ތަޖިކުންނަކީ އެއް ބައެކެވެ. ތަޖިކިސްތާނުގެ ގިނަ މީހުންނަކީ ލިޔަން ކިޔަން ދަންނަ މީހުންނެވެ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.