![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5c/Haa_Alif_Atoll_location.svg/langdv-640px-Haa_Alif_Atoll_location.svg.png&w=640&q=50)
ތިލަދުންމަތީ އުތުރުބުރި
From Wikipedia, the free encyclopedia
ތިލަދުންމަތީ އުތުރުބުރި އަކީ ދިވެހިރާއްޖޭގެ އެންމެ އުތުރަށް އޮތް އިދާރީ އަތޮޅެވެ. މި އަތޮޅުގެ އިން ކަނޑައަޅާފައި އޮތީ ޠަބަޢީ އަތޮޅަކާއި ޠަބަޢީ އަތޮޅެއްގެ ބަޔަކާ އެއްކޮށްގެންނެވެ. އިދާރީ ގޮތުން ތިލަދުންމަތީ އުތުރުބުރިއެވެ، ކިޔޭ އަތޮޅުގެ އުތުރު ބަޔަކީ އިހަވަންދިއްޕޮޅު އެވެ. ދެކުނު ބަޔަކީ ބޮޑު ތިލަދުންމަތީގެ އުތުރު ކޮޅެވެ. ޖޯގްރަފީގޮތުން ތިލަދުންމަތީ އުތުރުބުރީ ބައިކުރެވިފައިވަނީ ތިލަދުންމަތީ ތުރާކުނު އުތުރު ފަރުން ފެށިގެން ތިލަދުންމަތީ މާރަންދޫ ފަރުގެ ދެކުނަށްދިޔަކަނުން ދަމާލެވޭ ރޮނގަކުން ފެށިގެން އުތީމުގެ ދެކުނުން ބާރަށުގެ ދެކުނު ފަރާހަމައިން ބާރަށު ކަނޑޯޅިއަށް ނިމޭގޮތަށެވެ.
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިހަވަންދިއްޕޮޅު
Thiladhunmathi Uthuruburi ތިލަދުންމަތީ އުތުރުބުރި | |
---|---|
Atoll | |
Haa Alif Atoll | |
![]() | |
ޤައުމު | ދިވެހިރާއްޖެ |
Capital | Dhidhdhoo |
Geographic atolls | 2 atolls
Ihavandhippolhu
North Thiladhunmathi |
Government | |
• Council | North Thiladhunmathi Atoll Council |
Population (2006) | |
• Total | 13,495 |
Time zone | MST (UTC+05:00) |
Assigned Letter | A |
Assigned Letter (Dhivehi) | ހއ |
Area code(s) | 650, 20 |
ISO 3166 code | MV-07 |
Inhabited | 14 - Baarah * Dhidhdhoo * Filladhoo * Hoarafushi * Ihavandhoo * Kelaa * Maarandhoo * Mulhadhoo * Muraidhoo * Thakandhoo * Thuraakunu * Uligamu * Utheemu * Vashafaru |
Uninhabited | 29 - Alidhoo, Alidhuffarufinolhu, Beenaafushi, Berinmadhoo, Dhapparuhura, Dhigufaruhura, Dhonakulhi, Gaafushi, Gaamathikulhudhoo, Gallandhoo, Govvaafushi, Hathifushi, Huvahandhoo, Innafinolhu, Kandaalifinolhu, Kudafinolhu, Maafahi, Maafinolhu, Maarandhoofarufinolhu, Madulu, Manafaru, Matheerah, Medhafushi, Mulidhoo, Naridhoo, Umareifinolhu, Un'gulifinolhu, Van'gaaru, Velifinolhu |
Total | 43 |
Website | Haa Alif Atoll |
މި އަތޮޅުގައި އޮތް 42 ރަށުގެ ތެރެއިން މީހުން ދިރިއުޅެފައިވަނީ 16 ރަށުގައެވެ. ނަމަވެސް އެއަތޮޅު ބެރިންމަދޫ މީހުން 2006 ގައި އެއަތޮޅު ހޯރަފުއްޓަށް ބަދަލުވުމާއި. އަދި އެއަތޮޅު ހަތިފުށީ މީހުން 2007 ގައި ހދ. ހަނިމާދޫއަށް ބަދަލުވުމާއެކު މިހާރު އެއަތޮޅުގައި މީހުން ދިރިއުޅެނީ 14 ރަށުގައެވެ. އަދި މިއަތޮޅަކީ ތާރީޚީގޮތުން މުޅިރާއްޖެއަށް މަޝްހޫރު އަތޮޅެކެވެ. އުތީމު ބޮޑުތަކުރުފާނު ދިރިއުޅުއްވި ގަނޑުވަރު ހުރީވެސް އެއަތޮޅު އުތީމުގައެވެ. ޕޯޗްގީޒުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް ކަނޑުމަތީގައި ބޭނުންކުރެއްވި އުޅަނދު ( ކަޅުއޮށްފުންމި ) ބެންނެވީ އެއަތޮޅު ބާރަށުގައެވެ. އަދި ބޮޑުތަކުރުފާނުގެ ބޭބޭފުޅު ޢަލިތަކުރުފާނު ދިރިއުޅުއްވީ އެއަތޮޅު ތަކަންދޫގައެވެ. އެހެންކަމުން ހއ. އަތޮޅަކީ ފަޚުރުވެރި ތާރީޚެއް އޮތްއަތޮޅެކެވެ.