އެއޯޓާ
From Wikipedia, the free encyclopedia
އެއޯޓާ ނުވަތަ (އިނގިރޭސި ބަހުން: Aorta) އަކީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ އެންމެ ބޮޑު ލޭހޮޅި އެވެ. މިލޭހޮޅި ކުރިފަޅައި ނިކުމެފައި އިންނަނީ ހިތުގެ ވާތު ވެންޓްރިކަލް އިންނެވެ. މިގޮތުން މިލޭހޮޅީގެ ޒަރީޢާއިން ހަށިގަނޑަށް ފެތުރިގެންދާ ލެޔަކީ އޮކްސިޖަން އިން މުއްސަދި ލެޔެކެވެ.
އެއޯޓާ ކުރިފަޅައި ބެހިގެން ގޮސްފައިވާއިރު މައިގަނޑު 5 ބަޔަކަށް ބެހިފައި ވެއެވެ.
- މައްޗަށްއަރާ އެއޯޓާ (Ascending aorta)
- އެއޯޓާގެ އަރޗް (Arch of aorta)
- ތިރިއަށްފައިބާ އެއޯޓާ (Descending aorta)
- ތޮރަސިކް އެއޯޓާ (Thoracic aorta)
- އެބްޑަމިނަލް އެއޯޓާ (Abdominal aorta)