From Wikipedia, the free encyclopedia
މިއީ ކުޑަކަމުދާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ.މަސާނާ ނުވަތަ (އިނގިރޭސި ބަހުން: Bladder) އަކީ އަކީ މަހުން އުފެދިފައިވާ ފުއްޕާ ހަމެއްގެ ބައްޓަމަށް އޮންނަ އެތެރެ ހުސްކޮށްވާ ގުނަވަނެކެވެ. މިގުނަވަން އިންނަނީ ޅިނދުގެ ކުރިމަތީ ބައި(Anterior pelvis) ގައެވެ. މަސާނާ އަކީ ކުޑަކަމުދާ ތަކެތި ބޭރުކުރަން ވަންދެން ޖަމާކޮށް ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. މަސާނާ އަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން އޭގެ ސައިޒުން ބޮޑުކަމަށް ދައްކާނެއެވެ. އަދި ކުޑަކަމުދެވި، މަސާނާ ހުސްވެ، ދިއުމުން އޭގެ ސައިޒުން ކުޑަ ވެގެން ދެއެވެ. މަސާނާގެ ބައްޔެއް ނެތް ހާލުގައި 500 މިލިލީޓަރުގެ ކުޑަކަމުދާ ތަކެތި 5-2 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް މަސާނާގައި ބަހައްޓައި ދެއެވެ.
Urinary bladder | |
---|---|
Urinary system. | |
Bladder | |
Latin | vesica urinaria |
Gray's | subject #255 1227 |
Artery | Superior vesical artery Inferior vesical artery Umbilical artery Vaginal artery |
Vein | Vesical venous plexus |
Nerve | Vesical nervous plexus |
Lymph | external iliac lymph nodes, internal iliac lymph nodes |
Precursor | urogenital sinus |
MeSH | Bladder |
Dorlands/Elsevier | v_07/12855244 |
މަސާނާގެ އެތެރޭގައިވާ ތެތް ދުލިފަށް(Mucosa) ގެ ބޭރު ފަށަލަ ނުވަތަ އެޕިތީލިއަމް(Epithelium)ގެ ވައްތަރަކީ ޓްރާންސިޝަނަލް އެޕިތީލިއަމް(Transitional epithelium) އެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާން ވުމުން މަސާނާ އަށް ފަޅައިގެން ދިއުމެއްނެތި، ދެމި ވާންވެ، ފަސޭހަ ކަމާއެކު ކުޑަކަމުދާ ތަކެތި ބޭރުކުރުމުގެ ކުޅަދާނަކަން ލިއްބައި ދެއެވެ. ތަބީޢީ ގޮތެއްގައި ނަމަ މަސާނާ އަކީ އެއްވެސް ކަހަލަ ބެކްޓީރިޔާއެއް އެކުނުލެވޭ ސްޓެރައިލް ގުނަވަނެކެވެ.
މަސާނާއިން ކުޑަކަމުދާ ތަކެތި ބޭރުވުން ކޮންޓްރޯލް ކުރަނީ ސްފިންކްޓާރސް(Sphincters) އިންނެވެ. މަސާނާގައިވާ މަސް ފަށަލަ(Detrusor muscle) އަށް ވާންވެ، ގުރުގެޅި، ފިތުމުން، މަސާނާގެ އެތެރޭގެ ޕްރެޝަރު ބާރުވެ، ކުޑަކަމުދާ ތަކެތި ބޭރުވުމަށް މަގުފަހިވެއެވެ. ނުވަތަ ކުޑަކަމުދާ ތަކެތި ބޭރުވާ ގޮތް ވެއެވެ.
މަސާނާއަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން މަސާނާގެ މަސްތަކަށް ދެމި، ވާންވުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލުމުގެ ސިގްނަލް ސިކުނޑިއަށް ލިބެއެވެ. މި ސިގްނަލް ލިބުމާއެކު ކުޑަކަމުދާން ބޭނުންވާނެއެވެ. އަދި ކުރިން ބަޔާންކުރެވުނު މަސް ފަށަލަ ނުވަތަ މަސް ގަނޑަށް ފިތި، ސްފިންކްޓާރ ހަމައަކަށް އެޅުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލައެވެ.
މަސާނާގެ މަސް ފަށަލަ(Detrusor muscle) އަކީ މަސާނާގެ ފާރުގައިވާ މަޑު މަސް ގެ ފަށަލަ އެކެވެ. މަސާނާ ދެމި ވާންވުމުން ޕަރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް މިމަސް ފަށަލަ އަށް ކުރުގެޅުމަށް ނުވަތަ ކޮންޓްރެކްޓުވުމަށް ސިގްނަލް ދެއެވެ. މިއީ މަސާނާ އިން ކުޑަކަމުދާ ހޮޅި ހުރަސްކޮށް ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރުއަޅައިދޭ ކަމެކެވެ. ކުޑަކަމުދާ ތަކެތި މަސާނާގައި ހަރުލައި ހުރުމަށް މަސާނާގެ ކައިރީގައިވާ ދެމަސްގަނޑު ކަމަށްވާ އަމިއްލަ ޒާތުގައި މަސައްކަތް ކުރާ އެތެރެއިން ލެވިފައިވާ އިންޓާނަލް ސްފިންކްޓަރ(Internal sphincter) އަދި އަހަރެމެންގެ ބާރު އޭގެ މައްޗަށް ފޯރުވޭ ބޭރުން ލެވިފައިވާ އެކްސްޓާނަލް ސްފިންކްޓަރ(External sphincter) ހުޅުވިފައި ހުންނަން ޖެހެއެވެ. މިދެންނެވި ދެމަސްގަނޑަށް މައްސަލަ ކުރިމަތިވެއްޖެނަމަ ފަހަރުވާ ނުހިފެހެއްޓުން ފަދަ މައްސަލައެއް ކުރިމަތިވުމަކީ ގާތް ކަމެކެވެ.
އާންމު ގޮތެއްގައި 620-400 އާއި ދެމެދުގެ މިލިލީޓަރުގެ ކުޑަކަމުދާ ތަކެތި މަސާނާގައި ބަހައްޓައިދެއެވެ. އެކަމަކު ކުޑަކަމުދާ ތަކެތި ބޭރުވާ މަގު ބަންދުވެފައިވާނަމަ އޭގެ ދެގުނަ މަސާނާގައި މަސާނާ ފެޅުމެއްނެތި ހިފަހައްޓައިދެއެވެ. ކުޑަކަމުދާ ޢާންމުކޮށް ޖެހެނީ މިދެންނެވި މިންވަރުގެ 75 އިންސައްތަ މަސާނާ އަށް ޖަމާވުމުންނެވެ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.