ޖޭމްސް މޮންރޯއި
From Wikipedia, the free encyclopedia
އެމެރިކާގެ 5 ވަނަ ރައީސް ކަމަށްވާ ޖޭމްސް މޮންރޯއި އުފަންވެފައިވަނީ އެޕްރީލް 28 1758 ގައެވެ. މީނާ އަވަހާރަ ވެފައިވަނީ ޖުލައި 4 1831 ގައެވެ. 1817އިން 1825 އަށް އެމެރިކާގެ ރައީސްކަން ކުރެއްވި ޖޭމްސް މޮންރޯއި އަކީ ވާޖީނިއާ އިން އެމެރިކާގެ ރައީސްކަމަށް އިސްވެ ވަޑައިގަތް 4 ވަނަ ބޭފުޅާއެވެ. ކުރީގެ ރައީސެއްކަމަށްވާ ތޯމަސް ޖެފަރސަން ގެ ގާތްރަހުމަތްތެރިއެއް ކަމަށްވާ ޖޭމްސް މޮންރޯއި އަކީ ފަރަންސޭސި އިންގިލާބަށް ތާއީދު ކުރެއްވި ޑިޕްލޮމެޓެކެވެ. ޖޭމްސް މެޑިސަން ގެ ސަރުކާރުގައި ސެކެޓްރީ އޮފް ސްޓޭޓް އަދި ސެކެޓްރީ އޮފް ވާރ ގެ ހައިސިއްޔަތުން 1812 ވަނަ އަހަރުގެ ހަގުރާމައިގައި އިސްދައުރެއް ޖޭމްސް މޮންރޯއި އަދާކޮށްފައި ވެއެވެ. ޑިމޮކްރެޓިކް ރިޕަބްލިކަން ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސަތުގައި އިށީދެ ވަޑައިގެންނެވި ޖޭމްސް މޮންރޯއި ގެ ރިޔާސީ ދުވަސްވަރު ސިފަކުރެވިފައިވަނީ ރަގަޅު އިހްސާސްތަކުގެ ޒަމާނެއްގެ ގޮތުގައެވެ.
ޖޭމްސް މޮންރޯއި | |
---|---|
އެމެރިކާގެ 5 ވަނަ ރައީސް | |
In office ފަންވަތް:En dash range | |
Vice President | ޓޮމްޕްކިންސް |
Preceded by | ޖޭމްސް މެޑިސަން |
Succeeded by | ޖޯން ކުއިންސީ އެޑަމްސް |
Personal details | |
އުފަން ތާރީހް | އެޕްރީލް 28، 1758 ވެސްޓްމޯރލޭންޑް ކައުންޓީ، ވާޖީނިއާ |
Died | ޖުލައި 4 1831 (73 އަހަރުގައި) ނިއުޔޯކް, ނިއުޔޯކް ސިޓީ |
Nationality | އެމެރިކަން |
Spouse(s) | އެލިޒަބަތު ކޯރޓްރައިޓް މޮންރޯއި |
Occupation | (ދަނޑުވެރިއެއް) |
ދީން | އެޕިސްކޯޕަލް |
Signature |